ރައީސް މައުމޫން ނެތިސް ޕީޕީއެމް ގެ ކައުންސިލްގެ ބައްދަލުވުންތައް ނުބޭއްވޭނެކަމަށް އަންގައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، އަދި ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމް މާދަމާ ރާއްޖެއިންބޭރަށް ފުރައި ފުރައިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަތީ އެމަނިކުފާނު ނެތި ޕީޕީއެމް ގެ ކައުންސިލްގެ ބައްދަލުވުންތައް ނުބޭއްވޭނެކަމަށް އެޕާޓީން އަންގައިފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވަނީ އެ ޕާރޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެނޫސްބަޔާނުގައިވަނީ ޕާރޓީގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގެ ތެރޭގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެކަމަށެވެ، އަދި އެ މަނިކުފާނު އެނބުރި ވަޑައިގެން އަސާސީ ގަވާއިދުގެ 28 ވަނަ މާއްދާގެ (ށ) ވާގޮތުގެ މަތީން، ޕަރޓީގެ ރިޔާސަތުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ހުންނަވާ ދުވަސްތަކުގައިވެސް އެ ޕަރޓީގެ ހިންގުމުގެ ކަންކަން ގެންދަވާނީ ސީދާ އެމަނިކުފާނުގެ ދަށުންކަމަށް އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ވަނީ 30 ޖޫން އިން ފެށިގެން ރައީސް މައުމޫން އެ ޕަރޓީ އިސްލާހްކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ޕާރޓީގެ ނިޒާމް އިސްލާހް ކުރުމުގެ ބައިގެ ތެރެއިން މިހާރު ކުރައްވާ މަސައްކަތަކީ ޕާރޓީގައި ތިބީ ސައްހަ މެމްބަރުންތޯ ބެލުމާއި، ޕާރޓިގެ ސައްހަ ގޮފިތައް އަދި ޕާރޓީގެ ގޮފިތަކުގެ މަގާމްތައް ކަށަވަރުކުރުމާއި، ޕާރޓީގެ ގުނަަވަންތަކާއި ކޮމިޓީތަކުގެ ހާލަތު ދެނެގަނެ އެ ގުނަވަންތަކާއި އެ ކޮމިޓީތަކަށް ދިމާވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ