ގިނައިން ކަރަންޓް ބޭނުންކުރުމުން ބޮޑު އަގު ނެގުން ހުއްޓާލަނީ!

އިންޑިއާގައި ގިނައިން ކަރަންޓް ބޭނުންކުރުމުން ބޮޑު އަގު ނެގުން ނިމުމަކަށް ގެނެސް ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަމަށް އެކުލަވައިލި ކޮމިޓީން ބުނީ މިހައިތަނަށް ކަރަންޓަށް އަގު ނަގަމުން އަންނަނީ އިންޑިާއަށް މިނިވަންކަން ލިބުނީންސުރެ ނަގަމުން އަންނަ އުޞޫލަކުން ކަމަށާއި ގިނައިން ކަރަންޓު ބޭނުން ކުރުމުން ބޮޑު އަގު ނެގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
ގިނައިން ކަރަންޓު ބޭނުންކުރީމާ ބޮޑު އަގު ނަގާނަމަ ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވާނެ ކަމަށާއި ފައިދާހުރި ގޮތަކީ ގިނައިން ކަރަންޓް ބޭނުންކުރި ނަމަވެސް ހަމައަގު ނެގުން ކަމަށްވެސް ދިރާސާކުރި ކޮމިޓީން ބުނެފައިވެއެވެ.
އެކޮމިޓީން ބުނީ ބައެއް ވިޔަފާރިތަކާއި ކާރުޚާނާތަކުން ގިނަ އަދަދަކަށް ކަރަންޓް ބޭނުންކުރާއިރު އެފަރާތްތަކުން ނަގާ އަދަދު ބޮޑުކުރުމަކީ އިންސާފެއް ނޫން ކަމަށެވެ. "އެމީހުން ޓެކްސް ވެސް ދައްކަނީ. އެހެންވީމާ އެމީހުންނަށް ބޮޑު އަދަބެއް ދިނުމެއް ނޫން ވިޔަފާރި އުޞުލުން ބަލާއިރުވެސް ރަނގަޅު ގޮތަކީ. އެމީހުންނަށް ޖެހޭނީ އިތުރަށް ލުއި ގޮތްތައް ހޯދައިދޭން" ކަމަށްވެސް ކޮމިޓީން ވަނީ ބުނެފައިވެއެވެ.
މިއީ ރާއްޖެއިން ވެސް ވިސްނައިލުން ހަމަ އެންމެ ރަނގަޅު ކަމެކެވެ. ކަރަންޓު ބިލުގެ ޓެރިފަށް ބިރުން ޢާންމުންގެ ގިނަ ބައަކު އެއާކޮންޑިޝަން ފަދަ ތަކެތި ބޭނުންކުރަން މިހާރު ބިރުގަނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ