ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސްއަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރުގެ އެއް ކަމަށް ޕީޕީއެމް ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސްއަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރުގެ އެއް ކަމަށާއި އަދި އެންމެ ފުރަތަމަ އިސްކުރަން ޖެހޭނީ ގައުމު ކަމަށެވެ.
ރައީސް މައުމޫން މިފަދަ އިބާރާތަކުން ޓުވިޓް ކުރައްވާފައި މިވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބް ދެ މަސް ދުވަހަށް ފަސްކޮށް ދިނުމަށް އެދި ޕީޕީއެމްގެ ފަރާތުުން ސިވިލް ކޯޓަށް މައްސަލަ ހުށަޖަޅާފައި ވަނިކޮށެވެ. އަދި ރީ ރަޖިސްޓްރޭޝަން ފުރުސަތު މުއްދަތެއް ނެތް ގޮތަށް ސިވިލް ކޯޓުގެ އަމުރަކާއެކު އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފައި ވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު އިތުރުކޮށްފައިވަނީ ސިވިލްކޯޓުގެ އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ އަމުރާއެކު މިޙާރު އަނެއްކާވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރެޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ފަރާތްތަކުން ރަޖިސްޓްރީ ވާން ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެކަމަށް ވަކި މުއްދަތެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.
ރީ ރެޖިސްޓްރީ ވުމުގެ ފުރުސަތު މުއްދަތެއް ނެތް ގޮތަށް އިތުރު ކުރުމަށް ސިވިލް ކޯޓުން އަމުރު ކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން، އާދީއްތަ ދުވަހު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ކައުންސިލް އިންތިހާބު ފަސްކުރުމަށް ހުށަހަޅާފައިވަނީ ދެ މަސް ދުވަހުގެ މުއްދަތަށެވެ. އެ މައްސަލަ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ.
ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރުގެ އެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ