ހާލުކޮޅު ބޮޑުވެ މިމަހު 6 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އޭޑީކޭއިން ދޫކޮށްލައިފިއެވެ.
ގާސިމް ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުކަމަށް މައުލޫމާތު ލިބެއެވެ. ދެ ވަނަ ފަހަރަށް ވެސް ގާސިމް އެޑްމިޓްކޮށް ފަރުވާދީފައިވަނީ ހިތުގެ އާލާސް ކަންފުޅެއްގައެވެ.
ގާސިމް އޭޑީކޭގައި އެޑްމިޓުކޮށްފައިވާ އިރު މި މަހުގެ ހަ ވަނަ ދުވަހު 10:30 ގައި ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ އަޑުއެހުމެއް ބާއްވަން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކުރިއެވެ.
މެޔަށް ތަދުވެ ނޭވާލާން އުނދަގޫވުމައި ގުޅިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ވެސް ގާސިމް އެޑްމިޓުކޮށްފައިވެއެވެ. ގާސިމް އެފަހަރު ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. އެފަހަރު ވެސް ޑޮކްޓަރުގެ އެންގުމުގެ މަތިން ހިތުގެ ސްކޭނެއް ހެދުމަށާއި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާތީ ފުރާވަޑައިގެންނެވޭ ގޮތްވަނީ ނުވެފައެވެ.
ގާސިމް ދެވަނަ ފަހަރަށް އެޑްމިޓުކޮށްފައިވާ އިރު ގާސިމްގެ ހިތުގެ އޮޕަރޭޝަންތަކެއް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އައިޖީއެމްއެޗުގެ ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރު ވެސް ވަނީ އަންގާފައެވެ.
ގާސިމްގެ ޕާސްޕޯޓު ދޫކޮށް ދިނުމަށް އެތައް ފަހަރަކު ކްރިމިނަލް ކޯޓުގައިވަނީ އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެކަން ކޮށްދީފައެއް ނުވެއެވެ.
ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ