ރައީސް މައުމޫން ކީރިތި ކުރައްވައިފި

މިރޭ ކުނޫޒުގައި ކުރިއަށްދާ އިދިކޮޅު އިއްތިހާދުގެ ޖަލްސާގެ ކުރިން "ތީޔައީ ޒައީމޭ އަދު..." ލަވަ ބާރަށް ޖަހަން ފެށުމާއެކު، އަދި އިށީނދެ ވަޑައިގަތުމާ އެކު، އެންމެހެން ކޮޅަށް ތެދުވެ އަތް ޖަހަން ފެށުމާ އެކު ކުރީގެ ރައީސް މައުމޫން އަބްދުއްލްގައްޔޫމް ކީރިތި ކުރައްވައިފިއެވެ.
މ. ކުނޫޒުގައި މިރޭ ބާއްވަމުންދާ އިދިކޮޅު އިއްތިހާދުގެ ޖަލްސާއަށް ވަޑައިގަތުމުން މައުމޫނުއަށް މަރުހަބާ ދެންނެވުމަށް ޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ތިއްބެވި އެވެ.
އެ މާލަމުގައި ތިބި މީހުން ރައީސް މައުމޫނަށް ވަރަށް ގިނަ އިރު އަތްތިލަބަޑިން ތަރުހީބު ދިނެވެ. އެމަނިކުފާނުގެ މޫނުފުޅުން ފެނިގެން ދިޔަ އުފާވެރިކަމުގެ ކަރުނަ އިރުތަކަކަށް އޮހެމުންދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރު ކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން 45 މެމްބަރުންގެ ސޮއި މިއަދު ވަނީ ހުށައަޅާފައެވެ. އެއާއެކު މިއީ މިހާތަނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެފަރާތްތަކުން ޤަބޫލުކުރާއިރު، ދަނީ އުފާފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ