ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑުކޮށްފި އެވެ. "ސަން"އަށް އެނގިފައިވާގޮތުގައި އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފައި ވަނީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައެވެ. އެ މައްސަލައިގެ ތަފްސީލު އަދި ނުލިބެ އެވެ. އަހުމަދު ރަޝީދު ސަސްޕެންޑުކޮށްފައި ވަނީ އޭނައާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހުމަދު ރަޝީދު އައްޔަންކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އޭނާ އަކީ މީގެކުރިން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ