ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އެ ކޮމިޝަނުން އޭނާ އަށް އަންގައިފިއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ބާރީ އެ ކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ. ގާޒީ ބާރީ މިއަދު ޖޭއެސްސީއަށް ހާޒިރުކުރާއިރު، އޭނާ އަކީ މިއަދު 1:30 އަ|ށް ތާވަކްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރެވެ. އެ ކޮމިޝަނަށް ގާޒީ ބާރީ ހާޒިރުކުރަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން ޖޭއެސްސީ އާއި ކްރިމިނަލް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ބާރީ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އޭރު އެ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފެމެލީ ކޯޓަށް ބަދަލުކުރުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ