ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އިސްގާޒީއާ ދިމާލަށް "އެއްޗެއް" ބުނެގެން!

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އެ ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފްއާ މުޚާތަބުކޮށް ވިދާޅުވި ބަހެއްގެ ސަބަބުން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. 
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައީސުލްޖުމްހޫރިއްޔާ ފަރާތުން އިންނަވާ މެންބަރު، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލް އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ޖޭއެސްސީގެ މެންބަރަކު ވިދާޅުވީ ގާޒީ އަހުމަދު ރަޝީދާ ގުޅޭގޮތުން ހުށަހެޅުނު ސުލޫކީ މައްސަލައަކީ އިސްގާޒީއާ ދިމާލަށް "އެއްޗެއް' ވިދާޅުވުން ކަމަށެވެ. 
ޖޭއެސްސީގެ މެންބަރު ވިދާޅުވީ ގާޒީ އަހުމަދު ރަޝީދުގެ މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑު ކޮށްފައިވާއިރު، އެ މައްސަލަ މިހާތަނަން ބަލައި ނިމިފައިނުވާ  ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓުގެ މުވައްޒަފެކެވެ.
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ސިފައެއްގައި ޖޭއެސްސީ އިން ބަހެއް ބުނެފައިނުވެ އެވެ.
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑް  ކޮށްފައި މިވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރޫ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ގާޒީ އަހުމަދު ޝަކީލް ފެމިލީ ކޯޓަށް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ