ކަރަންޓް ކަނޑާލުމުން އައްޑޫ ގިނަ ރައްޔިތުން ޕިކްނިކަށް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑާލުމުން މި ރަށްރަށުގެ ރައްޔިތުން ޕިކްނިކް ގޮސްފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑާފައިވަނީ މީގެ ފަސް ދުވަސް ކުރިން ނޯޓިސް ދީފައެވެ. މިދިޔަ އާދީއްތަ ދުވަހު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ ހަ ގަޑިއިރަށް ކަރަންޓް ކެނޑިގެން ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އައްޑޫއަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ އިންޖީނުގޭގެ ކޭބަލް ނެޓްވޯކް ރަނގަޅު ކުރުމަށްފަހު މިހާރު ވަނީ މި 3 ރަށަށް ކަރަންޓް ދީފައެވެ.
އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓް ކަނޑާލަން ނޯޓިސް ދީފައިވަނީ ހެނދުނު 9:00 އިން 16:00 އަށެވެ. އެހެން ނަމަވެސް މެންދުރު 12:50 ހާއިރު ވަނީ ކަރަންޓް ފޯރުކޮށްދީފައެވެ.
ކަރަންޓް ކަނޑާލަން ނިންމުމާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ މިއަދު ޕިކްނިކް ގޮސްފައެވެ. އައްޑުގައި އާންމު ގޮތެއްގައި ރައްޔިތުން ޕިކްނިކް ދާ ސަރަހައްދު ކަމަށްވާ ހަންކެޑެ މިއަދު ވަނީ ފުރިފައެވެ. ދަތުރުގައި ތިބި ގިނަ ފަރާތްތަކުން ބުނެފައިވަނީ ގޭގައި ކަރަންޓް ނެތި ތިބިމުގެ އެއްވެސް ބޭނުމެއް ނެތް ކަމުގައެވެ.
މިދިޔަ އާދީއްތަ ދުވަހު ކަރަންޓް ކަނޑައިގެން ދިޔަ ގޮތަށް މި ރަށްރަށަށް ކަރަންޓް ލިބިފައިވަނީ މެންދަމު 2 ޖަހަން ކައިރިވެފައިވަނިކޮންނެވެ. މިކަމުގެ ސަބަބުން ބައެއް ރައްޔިތުންވަނީ ކުނާ ފަދަ ތަކެތި ހިފައިގެން މަގުމަތީގައި ނިދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ