ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ގެކޮޅަށް ގެންދިޔުމަށްފަހު، އަނބުރާ ޖަލަށް ގެންގޮސްފި

ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ގެކޮޅަށް ގެންދިޔުމަށްފަހު، އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
މާފުށީ ޖަލުގައި ފަސްއަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން މިއަދު މާލެ ގެނެސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމަކަށެވެ.
މައުލޫމާތު ލިބޭގޮތުގައި އެ އަޑުއެހުމަށް ފަހު، އެމަނިކުފާނާ ގުޅޭގޮތުން ފުލުހުން މިހާރު ބަލަމުންދާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ އިދާރާއަށްވެސް މިއަދު ވަނީ ހާޒިރުކޮށްފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލާ ދެއްވާ މީޑިއާގައިވަނީ، ރައީސް ޔާމީން ގެކޮޅަށް ގެންދިޔައީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި ގެކޮޅުގައި ގާތްގަނޑަކަށް 1 ގަޑިއިރު ހުންނެވުމަށްފަހު މިހާރު މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީން ގެކޮޅަށް ގެންދިޔުމާއި ގުޅިގެން އެ ސަރަހައްދަށް އެމަނިކުފާނަށް ތާޢީދުކުރާ ގިނަބަޔަކު އެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ