އައްޑޫ ފްލައިން ސްކޫލް ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި

އައްޑޫ ސިޓީ ގަމުގައި މޯލްޑިވިއަންއިން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލާއި ގޫޅޭ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަލް އެއާޕޯޓް(އޭއައިއޭ) އާއެކު މޯލްޑިވިއަންއިން ސޮއިކޮށްފިއެވެ.
ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
މި އެއްބަސްވުމުގެ ދަށުން ފްލައިން ސްކޫލްގެ ކިޔެވުން މިއަހަރު ޑިސެމްބަރުގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.
އައްޑޫގައި މީީގެކުރިން ފްލައިން ސްކޫލް ހިންގަމުން އައިސްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އެވެ. ފްލައިން ސުކޫލަށް ކުދިން ނެގުމުގައި، އޭއޭއޭ އިން ހިންގި ފްލައި ސްކޫލަށް ފައިސާ ދައްކައި ކިޔެވުން ކުރިއަށް ނުގެންދެވި ތިބި ދަރިވަރުންނަށް އިސްކަންދޭނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
މޯލްޑިވިއަންއިން އައްޑޫގައި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ދަށުން އެސްކޫލް މެނޭޖްކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ