އުއްތަމަ ފަނޑިޔާރަށް މެމްބަރު ޝިޔާމްގެ އިލްތިމާސް އެއް!

ހުސެއިން ސަލާހުއްދީންގެ ކާފަ ދަރިކަލުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަސިމް އަދްނާނަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ޚާއްސަ އިލްތިމާސެއް ކުރައްވައިފިއެވެ.
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމްގެ އިލްތިމާސް ފެއްޓެވީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާޤާނޫނުއަސާސީ ވުޖޫދުވުމާ ހިސާބުން އެމަނިކުފާނު ދިވެހިރާއްޖޭގެ މަޙްކަމަތުއް ޝަރްޢިއްޔާގައި ފަނޑިޔާރު ކަމުގެ ގޮނޑިކޮޅުގައި އިންނެވި ދުވަސްވަރު ހިނގާދިޔަ ކަންތައްތަކަށް އަލިއަޅުވާ ލައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ހުސެއިން ސަލާހުއްދީން ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރެއްވި ގޮތް ހަނދާނަށް ގެންނަން ޖެހޭ ކަމަށާއި އޭރުގެ ރަދުން ހުސެއިން ސަލާހުއްދީނަށް ނުވަތަ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކުރެއްވިކަން ތާރީޚުގައި ލިޔެވިފައިވާ ކަމަށެވެ.
އެ ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ހިސާބުން އެމަނިކުފާނު ފަނޑިޔާރު ކަމުގެ މަގާމުން ދުރުވެ ވަޑައިގެންނެވިކަމަށާއި އަދުލު އިންސާފު ގައިމްކުރުމަށާއި ދުސްތޫރު ނެގެހެއްޓުމަށް އޭރު ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ގޮތް އެއޮތީ ފެންނަން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އަދި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި މިހާރުވެސް ހަމަ އެލޭ ހިނގާ ބޭފުޅުން އެބަތިއްބެވި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ ދައުލަތުންވަނީ ގަނޫނުއަސާސީގައި ލިބިދީފައިވާ ހައްގުތަކުން ރައީސް ޔާމީން މަޙްރޫމްކޮށްފައި ކަމަށާއި އެގޮތުން ރައީސް ޔާމީނަށް ވީތީ އެމަނިކުފާނުގެ ޝަރީޢަތުގައިވެސް އެތައް ކަންތައްތަކަކުން ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ