ކޭބަލަކަށް ގެއްލުންވެ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިއްޖެ

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލެއް ކަނޑައިގެން ގޮސް ހިޔާ ފަލްޓެތަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް އެސަރަޙައްދު ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ. އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ވަނީ މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.
ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން މިހާރު ވަނީ ގުޅާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސްޓެލްކޯއިން ކޮށްފައިވެއެވެ.
ސްޓެލްކޯއިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ކުންފުނީގެ ސިސްޓަމްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަބަދުވެސް ކުރެއެވެ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ