ހެންވޭރުގެ ބައެއް ހިސާބުތަކުން މިރޭ ހަ ގަޑިއިރަށް ފެން ކަނޑާލަނީ

ހެންވޭރުގެ ބައެއް ހިސާބުތަކުން މިރޭ ފަސް ގަޑިއިރަށް ފެނުގެ ހިދުމަތް ކަނޑާލާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މާލޭ ސިޓީ ކައުންސިލުގެ ”ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް“ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތަށް މިރޭ 23:00 އިން ފަތިހު 5:00 އަށް ބައެއް ސަރަހައްދުން ފެނުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
އެގޮތުން، ސަދުބަރަކާ ގޯޅިއާއި ކަސްޓޫރި މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސީން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ