އދ ދިގުރަށާއި ކުނބުރުދޫގެ އިންޖީނުގެ ތަރައްޤީކުރުމަށް ހަވާލުވުމަށްޓަކައި އެދެރަށު ކައުންސިލާއިއެކު ސްޓެލްކޯއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ޒައިދުއެވެ. އަދި އެ ދެރަށުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސުންނެވެ.
އިންޖީނުގެއާއި ހަވާލުވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތާއި ޓެކްނިކަލް މަސައްކަތް މަހެއްގެ ތެރޭގައި ނިމި މިދެއިންޖީނުގޭގެ ހިންގުމާއި ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ސްޓެލްކޯއާއި މިހާތަނަށް ހަތަރު އަތޮޅެއްގެ އިންޖީނުގެ ހިންގުމަށްވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކ އަތޮޅާއި އއ އަތޮޅުގެ އިތުރުން އދ އަތޮޅާއި ވ އަތޮޅު ހިމެނެއެވެ.
ދިގުރަށާއި ކުނބުރުދޫ އިންޖީނުގެ ތަރައްޤީ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ