ޣައްސާނު ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފި

ފުލުހުން އެދިގެން، މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ރާއްޖޭން ބޭރަށް ދިއުން އެއް މަސް ދުވަހުގެ މުއްދަތަށް މަނާކޮށް ކްރިމިނަލް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
ކްރިމިނަލް ކޯޓުން މި އަމުރު މިއަދު ނެރުނީ ކުރީގެ މ. އެންދެރިމާގެ ކައިރި އަށް ބުރާސްފަތިދުވަހު އެމްޑީޕީން އެއްވެ، ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މައުމޫންގެ ދަރިކަލުން ޣައްސާން ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށެވެ.
ކޯޓުގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ފުލުހުން އެގޮތަށް އެދުމުން ޣައްސާން ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް އަމުރެއް ނެރެފައިވާނެ ކަމަށާއި ކޯޓުން މިއަދު ނެރުނު އަމުރަށް އަމަލުކުރާނީ މިއަދުން ފެށިގެނެވެ.
ޕޮލިހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޣައްސާން ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރުމުގެ އަމުރަކަށް އެދުނީ، އެންދެރިމާގޭ ކައިރި އަށް މީހުން އެއްވެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޣައްސާންގެ މައްޗަށް ތުހްމަތުކުރާ މައްސަލަ ބަލަމުންދާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ