މާލެ ސަރަޙައްދުގެ ހޮޓާ ކެފޭ ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭ ގަޑިއަށް ބަދަލުގެ ގެނެސްފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ކެފޭ އަދި ރެސްޓޯރެންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުމަށްފަހު ލުއި ދީފިއެވެ.
އެގޮތުން މާލެ ސަރަޙައްދުގެ ހޮޓާ ކެފޭ އަދި ރެސްޓޯރަންޓު ފަދަ ޢާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ރޭގަނޑު 10:30 އާއި ހަމައަށް ހުޅުވިަފއި ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.މިފިޔަވަޅުތަކަށް  މިއަދުން ފެށިގެން ޢަމަލުކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓު ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޓޭކްއަވޭ އާއި، ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު އަށަކުން ފެށިގެން ހުއްޓާލުމަށް މީގެ ކުރިން ވަނީ އަންގާފައެވެ.
އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އަންގާފައެވެ. މިގޮތަށް އެޗްޕީއޭއިން މިބަދަލު ގެނެސްފައިވާއިރު މި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމުގެ ޝަކުވާތައް ދަނީ ގަދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ