ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް މިހާރު ނޯންނާނެ: ރައީސް

ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް މިހާރު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ ޕާޓީ އެމްޑީޕީން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ނިމުން ފާހަގަކުރުމަށް އއ.ރަސްދޫ ފަޅުމަތީގައި ބޭއްވި ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތައް ގުޅޭނީ ލާމަރުކަޒީ ނިޒާމާކަމަށެވެ. މިއީ ރަސްކަމުގެ ސިފަތައް އެކުލެވޭ މަރުކަޒީ ނިޒާމަށް އަލްވަދާއުކިޔާ ލާމަރުކަޒީ ރާއްޖެއަށް މަރުހަބާ ކިޔުމަށް ރާއްޖެ ތައްޔާރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަމަށެވެ.
ރައީސް ވިދާޅުވީ، ޓެންޑަރ މަރުހަލާއިން ފެށިގެން، ކޮންމެވެސް މަރުހަލާއެއްގައި ފެނާ ނަރުދަމާ ފެށިފައިނުވާ އެއްވެސް ރަށެއް ރާއްޖޭގައި މިހާރު ނޯންނާނެކަމަށެވެ. އަދި އަމާޒަކީ މި ދައުރުގެ ނިޔަލަށް ހުރިޙާ ނަރުދަމާތަކުން އަތްދޫކޮށްލާ، ހުރިހާ ފެނުގެ ނިޒާމްތަކެއް ތާޒާކަމާއެކު ހިނގަ ހިނގާހުރުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމަށާއި، މިސަރުކާރުން މިހާތަނަށް 180 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ޤާބިލްކަން މާލެ ސަރަހައްދުން ބޭރުގައި ޤާއިމްކޮށްފައިވާކަމަށެވެ.
"އިރުއިރުކޮޅާ ކަރަންޓް ނުކެނޑުން އެއީ، ފެހުނުން ޖެހުނު ވަޔަކުންވީ ކަމެއްނޫން. ކުރިކަމަކީ، މި ދެ އަހަރުތެރޭ މާލޭ ވިޔަފާރި ބަނދަރަށް ބޭލި ޖުމްލަ 176 ބޮޑެތި ޖަނަރޭޓަރ ގެނެސް، މިރަށްތަކުގެ އިންޖީނުގެތަކަށް "ލާމަރުކަޒު"ކުރުން. 2018 ނިމުނުއިރު، އަތޮޅުތެރޭގައި ކަރަންޓް އުފެއްދޭ މިންވަރަކީ ޖުމްލަ 150 މެގަވޮޓް. އަޅުގަނޑުމެންގެ މިކަމުގައިވީ 2 އަހަރާ 4 މަސް. މިކުރު މާޒީގައި އެކަނިވެސް، އިތުރު 180 މެގަވޮޓް އުފެއްދޭނެ ގާބިލްކަން މާލެ ޞަރައްދުން ބޭރުގައި ގާއިމު ކުރެވިއްޖެ.2 އަތޮޅެއްގެ ހުރިހާ ރަށެއްގައި އަވިން އުފައްދާ ކަރަންޓުގެ ޖުމްލަ 2868 ކިލޯވޮޓާ ހަމަކުރެވިއްޖެ. ޓެންޑަރ މަރުހަލާއިން ފެށިގެން މިވަގުތު އެކިމަރުހަލާގައި މި މަޝްރޫޢު 15 އަތޮޅެއްގަ ކުރިއަށްއެބަދޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ،ރާއްޖޭގެ 5 ސަރަޙައްދުގައި، ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށާއި، ސިއްޙި ނިޒާމަށް ބޭނުންވާނެ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް، އިކުއިޕްމަންޓާ، އިންސާނީ ވަސީލަތް ބިނާކުރުން، ބާރަށް ހިނގަމުންދާކަމަށެވެ. އަދި އެ މަސައްކަތް ނިމިގެންދާނީސްޕެޝަލިސްޓް ޚިދުމަތްތަކާއެކުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަންހެނުންގެ ޚާއްޞަ ބަލިތަކާ، ގޮހޮރާ، ހިމާ، މައިބަދައިގެ ބޮޑެތި އޮޕަރޭޝަންކޮށްފި. އިންތިހާ ދަރަޖައިގެ ނާޒުކު ނާރުގެ އޮޕަރޭޝަން މާލެ ނާރާ ކާމިޔާބު ކޮށްފި. ފުރޮޅުލީ ގޮނޑީގައި ހޮސްޕިޓަލަށް ވަދެ ކަކުލު ހުޅުބަދަލުކޮށް ހަމައިސްކޮޅަށް ތެދުވެއްޖެ. ރާއްޖޭގެ 5 ސަރަޙައްދުގައި، ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއްޖެ. ބޭނުންވާނެ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް، އިކުއިޕްމަންޓާ، އިންސާނީ ވަސީލަތް ބިނާކުރުން، ބަރާބަރަށް ބާރަށް އެބަހިނގާ. ނިމޭނީ ސްޕެޝަލިސްޓް ޚިދުމަތްތަކާއެކު."
ރައީސްގެ ވާހަކަފުޅުގައި 2 އަތޮޅެއްގެ ހުރިހާ ރަށެއްގައި އަވިން އުފައްދާ ކަރަންޓުގެ ޖުމްލަ 2868 ކިލޯވޮޓާ ހަމައަށް ކަރަންޓު އުފެއްދެމުން އަންނަކަމަށާއި، ޓެންޑަރ މަރުހަލާއިން ފެށިގެން މިވަގުތު އެކިމަރުހަލާގައި މި މަޝްރޫޢު 15 އަތޮޅެއްގަ ކުރިއަށްދާކަމަށެވެ. މީގެ އިތުރުން ފުރަތަމަ ޑިގްރީ އަށް ސަރުކާރުން ހިލޭ ކިޔަވައިދެމުންދާ 10486 ދަރިވަރުން ރާއްޖޭގައި އެބަތިބިކަމަށާއި، ދަރިންނަށް ތަޢުލީމު ހޯދައިނުދެވުމުގެ ހާސްކަމުގައި، އުމުރު ހުސްކުރާނެ ދިވެއްސަކު، މިހާރު ރާއްޖޭގައި ނުހުންނާނެކަމަށްވެސް ރައީސް ވިދާލުވިއެވެ.
ރައީސް ވަނީ ދަނޑުވެރިކަމުގެ ދާއިރާއިންވެސް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
"އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތަށް 487 ދަނޑުވެރިއަކާއެކު ސޮއިކޮއްފި. ޖުމްލަ 12 އަތޮޅެއްގެ 35 ރަށެއްގެ ދަނޑުވެރިން އެވަނީ މިކަމުގައި ޝާމިލްވެފަ. ފުރަތަމަ މަތިވަރު އިރާދަ ކުރެއްވިއްޔާ މި ރޯދަމަހު ލިބޭނެކަމުގެ އުންމީދު ބޮޑު"
ރައީސް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް ކަނޑުން ވިހިތިރީސް މިނެޓްގެ ދަތުރަކަށްފަހު ކޮންމެރަށަކުން ވެސް ވައިގެމަގާ ގުޅޭނެކަމަށާއި، ހައިސްޕީޑް ފެރީގެ ފެށުންވެސް އަހަރުގެ ފަހުކޮޅު ބޮޑުތިލަދުންމަތިން ފެށޭނެކަމަށެވެ. އަދި 30 އެއަރލައިން މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުން އަންނަކަމަށާއި، 22 އެއަރލައިނެއް ކުރިއަށް އޮތްތަނުގައި، ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މީއިން ޒަމާނަކު ނުވާވަރަށް އައިސްޕްލާންޓާ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރު ކުރެވެމުންދާކަމަށާއި، އެލަނޑުދަނޑި ޙާޞިލުވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ގާއިމު ކުރެވޭނެކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ