ބޮޑު ތަފާތަކުން މެދުއުތުރު ދާއިރާގެ ގޮނޑި ރޯޒޭ ކާމިޔާބުކޮށްފި

ކުޅުދުއްފުށި ސިޓީ މެދު އުތުރު ދާއިރާގެ ގޮނޑި، އެމްޑީޕީ ކެންޑިޑޭޓް އަހުމަދު އަބުދުﷲ ބޮޑު ތަފާތަކުން ނަގައިފި އެވެ. ރޯޒޭއާއެެކު އެ ގޮނޑިއަށް ދެން ވާދަކުރެއްވީ އަމިއްލަ ދެ ކެންޑިޑޭޓެވެ.
އެއީ، ހަސަން އަލީ އާއި ޝިފްނާ އަބުދުއްގަނީ އެވެ. ހަސަން އަލީ ލިބިފައިވަނީ 62 ވޯޓެވެ. ޝިފްނާއަށް ލިބިލެއްވީ 96 ވޯޓެކެވެ. މެދު އުތުރު ދާއިރާގެ ދެ ފޮއްޓަށް ވޯޓުލީ ޖުމްލަ އަދަދަކީ 615 އެވެ. އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 965 މީހުންނެވެ.
އެ ގޮނޑިއަށް ޕީޕީއެމް ޓިކެޓް ކުރިމަތިލެއްވި ފާރޫގު މުހައްމަދެވެ. އެކަމަކު އޭނަ ވަނީ ނަން އަނބުރާ ނަގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ