ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ސަމާލުވޭ

ރާއްޖޭގެ ދެކުނަށް ކުރިއަށް އޮތް 6 ގަޑިއިރު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެއިދާރާއިން ވިދާޅުވީ ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މިރޭ 00:00އިން ފެށިގެން ހެނދުނު 6:00އާ ހަމައަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. ދެކުނުގެ މޫސުން ގޯސްވިނަމަވެސް އެހެން ހިސާބުތަކުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން ވިދާޅުވީ ދެކުނުގެ ރަށްތަކުގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. ނަމަވެސް އުތުރު އަތޮޅުތަކަށް މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ލަފާކުރާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާޅުގެ އުސްމިނުގައި 1 - 4 ފޫޓު ހުންނާނެކަމަށާއި، ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ