އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަލިފުށި ދާއިރާގެ ރައީސްކަމަށް މެންބަރު ޙަސަން ވާދަ ކުރައްވަނީ

މެންބަރު ޙަސަން އަޙުމަދު މިކަން އިޢުލާން ކުރައްވާ ފޭސްބޫކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ،  އަލިފުށި ދާއިރާއަކީ ދިވެހިރާއްޖޭގެ އިޞްލާހީ މަސައްކަތުގެ ނާރެސް ކަމަށާއި، އެމްޑީޕީގެ ފެށުމާއި، އެ ޕާޓީގެ ހަރަކާތްތަކާއި، އެ ޕާޓީއަށް ލިބުނު ކާމިޔާބަކާއި އުފަލަކާއި، އަދި ދެރައަކާއި ހިތްދަތިކަމެއްގެ އެންމެ ފުނަށް ތަހައްމަލްކުރި ދާއިރާއަކީ އަލިފުށި ދާއިރާ ކަމަށާއި އެއީ ޖޯޝާއި ފޯރީގައި ދެގޮތެއްނުވެ މިމަސައްކަތުގައި ދެމިތިބި ދާއިރާއެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ."އަލިފުށި، ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ އެމް.ޑީ.ޕީގެ މަސައްކަތްތައް ބާރު މިނުގައި ކުރިއަރުވައި، މެމްބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއަހައި، އޭގެ ހައްލަށް ގަދައަޅައި މަސައްކަތްކޮށް، އެއްވެސް މީހަކު ބާކީނުކޮށް އަލިފުށި ދާއިރާގެ އެމް.ޑީ.ޕީ ހަރަކާތް މުޅި އުތުރަށް ފަވާލުމަށްޓަކައި ޢަޒުމް ކަނޑައަޅައިގެން އަޅުގަނޑު އަލިފުށި ދާއިރާގެ ރައީސްކަމަށް ކުރިމަތިލާ ވާހަކަ ދަންނަވަމެވެ. އެންމެ ބޭފުޅުންގެ ތާއީދާއި މަދަދަށް ވަރަށް އެދެމެވެ. - ޙަސަން އަޙުމަދުމެމްބަރު ޙަސަން އަޙުމަދު އަލިފުށި ދާއިރާގެ އެމް.ޑީ.ޕީގެ ރައީސްގެ މަޤާމަށް ވާދަ ކުރައްވަން ނިންމެވިއިރު، އެމަނިކުފާނަކީ، މިހާރު އިނގުރައިދޫ ދާއިރާގެ ރައީސެވެ. އަލިފުށި ދާއިރާގެ ރައީސަކަށް މިހާރު ހުންނެވީ މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ