ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރު ކަމަށް ޝިފްލާ އިބްރާހިމް އައްޔަން ކުރައްވައިފިއެވެ.
ބްރޯޑް ކޮމްގެ މެމްބަރު ކަމަށް ޝިފްލާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ބްރޯޑް ކޮމްގެ މެންބަރު ކަމަށް ޝިފްލާ ކުރިމަތިލެއްވިއެވެ. ނަމަވެސް މަޖިލީހުން ވަނީ އޭނާގެ ނަން ފާސްކޮށް ނުދީފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލުކުރައްވާފައިވާ ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑީވްސްގެ އެނައުންސަރު ޓްރެއިނީއެއްގެ ގޮތުގައެވެ.
ޝިފްލާ ބްރޯޑް ކޮމަށް އައްޔަން ކުރެއްވުމާ ހަމައަށް މަސައްކަތް ކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކަރެއްގެ މަގާމުގައެވެ.
ބްރޯޑް ކޮމްގެ މެމްބަރުން:
ބްރޯޑް ކޮމްގެ މެމްބަރު ކަމަށް ޝިފްލާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ