އެމްއެމްޕީއާރުސީގެ ވައްކަމާއި ގުޅުން ހުރި ފަރާތްތައް ހޯދަން ވާނީ ހުށަހަޅާފައި: ނަޝީދު

އެމްއެމްޕީއާރުސީގެ ވައްކަމާއި ގުޅުން ހުރި ފަރާތްތައް ހޯދަން ހުށަހަޅާފައިވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ސިޓީއާއި ގުޅިގެން އެގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތު ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ސިޓީތަކަށް ޖަވާބު ލިބުނީމާ މަޖިލީހުގެ މެމްބަރުންނަށް އެ ސިޓީތައް ފޮނުވަން ގަސްތު ކުރައްވާ ކަމަށާއި މިއީ ރާއްޖޭގެ ރައްޔިތުން ހަގީގަތް ހޯދަން ކެތް މަދުވެފައިވާ މައްސަލައެއް އެމަނިކުފާނަށް ސާފުވާ ކަމަށެވެ.
ހަސަންލަތީފު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާތުގެ މައްސަލާގައި އެތައް ބައެއްގެ މައްސަލަތައް ތަހުގީގު މަރުހަލާގައިވާ ކަމަށާއި އެމައްސަލަތަކަށް ވެފައިވާ ގޮތެއް އެއްވެސް މިންވަރަކަށް ސާފުނުވެ އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެތަހުގީގުތައް ހިންގާ ނިންމުމަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ