އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް މައުމޫން މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު މި ދަތުރުފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭސްފަރުވާއަކަށް ކުރެއްވި ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް މައުމޫން މިއަދު އެނބުރި ރާއްޖެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި، އެމަނިކުފާނު އިންޑިއާގައި ހުންނެވިއިރު އިންޑިއާ ސަރުކާރުން އެދެކަނބަލުންނަށް އިންތިޒާމްކޮށްދެއްވި ކަންތައްތައް ފާހަގަކޮށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ރައީސް މައުމޫންގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ