ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް، މައުމޫން ސަރުކާރަށް ގޮވާލައްވައިފި

ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރައްވަން، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ، އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މި ޓްވީޓްގައި ރައީސް މައުމޫން ވަނީ، ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށާއި އަދި ހުރިހާ ދިވެހިން ވެސް، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރައްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނިންމުންތަކާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ސަރުކާރުން ބައެއް ޤާނޫނުތަކަށް ދާދިފަހުން ގެނައި އިސްލާހުތަކާއި ދެކޮޅަށް ވެސް ވާހަކަ ދައްކަވާފައެވެ.
ރައީސް މައުމޫން މިވަގުތު ހުންނެވީ، ރާއްޖެއިން ބޭރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ