ކޮންމެކަމެއްވެސް ކުރަންވާނީ އަންނަންއޮތް ޖީލުތަކުގެ ޙައްޤުތަކަށް އުނިކަން ނުލިބޭ ގޮތައް – މައުމޫން

މިއަދު އަޅުގަނޑުމެން ކުރާ ކޮންމެކަމެއްވެސް ކުރަންވާނީ އަންނަންއޮތް ޖީލުތަކުގެ ޙައްޤުތަކަށް އުނިކަން ނުލިބޭ ގޮތެއްގެ މަތިން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ.
ކޮންމެކަމެއްވެސް ކުރަންވާނީ އަންނަންއޮތް ޖީލުތަކުގެ ޙައްޤުތަކަށް އުނިކަން ނުލިބޭ ގޮތެއްގެ މަތިން ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނިންމުންތަކާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ސަރުކާރުން ބައެއް ޤާނޫނުތަކަށް ދާދިފަހުން ގެނައި އިސްލާހުތަކާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
އޭގެ ފަހުން ބިރު ފަހަނައަޅައި ދިއުމަށް ރައީސް މައުމޫން ގޮވާލެއްވުމާއި ގުޅިގެން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. ހާއްސަކޮށް ބިރު ފަހަނައަޅައި ދިއުމަކީ ކުރީގެ ރައީސް ނަޝީދު، ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް ނިކުތުމަށް އާންމުންނަށް ހިތްވަރު ދިނުމަށް ބޭނުންކުރި ބަސްކޮޅަކަށް ވުމުން ރައީސް މައުމޫނަށް އަމާޒުވި ފާޑުކިޔުންތައް އިތުރުވިއެވެ.
މިހާރު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ހުންނެވި ރައީސް މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުންތައް އެމަނިކުފާނު ރާއްޖޭގައި ނެތީސް ބާއްވައިގެން ނުވާނެކަން އަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ