އެއް ހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް - މައުމޫން

އެއް ހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ބޮޑަށް ބެލެވޭ ގޮތުގައި ރައީސް މައުމޫން މި ޓްވީޓް އަމާޒުކުރައްވާފައިވަނީ، ބޭރުގެ އެކި މީޑިޔާތަކުގައި، ރައީސް މައުމޫން އާއި ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދައްކަވާ ވާހަކަފުޅުތަށް ދޮގުކުރެއްވުމުގެ ބޭނުމުގައެވެ.
ސްރީލަންކާގައި ތިބި ބޭރުގެ ނޫސްވެރިންނާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ދެއްވި އިންޓަވިއުއެއްގައި ދާދިފަހުން ރައީސް ނަޝީދު ވަނީ ރައީސް މައުމޫންއަށް މައާފުކުރައްވާފައިވާ ކަމަށް ވިދާޅުވެ، މި ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރަން، ރައީސް މައުމޫނަށް ތާއީދުކުރައްވާ ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އަދި މި ސަރުކާރު ބަދަލުކުރުމަށްފަހު ދެން އުފައްދާ، އިންތިގާލީ ސަރުކާރެއްގައި ރައީސް މައުމޫންގެ ބައިވެރިވުން ވެސް އޮންނާނެކަމަށް، ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ