އަބްދުﷲ ރިޔާޒުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި
މި މަހުގެ ދެވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފިއެވެ. ރިޔާޒުގެ ބަންދަށް ފަސް ދުވަސް އިތުރުކުރީ މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އޭނާގެ ޝަރީއަތުގެ އަޑުއެހުމުގައެވެ. ރިޔާޒުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުމުގެ ދައުވާއެވެ. މިއީ ރިޔާޒު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. އޭނާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ރިޔާޒުގެ މައްޗަށް މީގެކުރިން ދައުލަތުން އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ކުރިން ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ