ވިޔަފާރިވެރިޔަކަށް ހަމަލާދިނުމަށްފަހު މިލިއަނަކަށް ވުރެ ފައިސާ ފޭރިގެންފި

ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލު (ކޭން ސޭޓް)އަށް ހަމަލާ ދިނުމަށްފަހު މިލިއަނަކަށްވުރެ ގިނަ ފައިސާ ފޭރިގެންފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ކޭން ސޭޓޫ އަތުން ފޭރިގަނެފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުގެ ރޭ 7:30 ހާއިރު އޭނާ ދިރިއުޅެމުންދާ ގޭގެ ސިޑީ މަތިންނެވެ.
ފޭރިގަނެފައިވަނީ ވިޔަފާރި ނިންމާލުމަށްފަހު ފައިސާތައް ހިފައިގެން އޭނާ ގެއަށް ގޮސް ގެއަށް ވަންނަން އުޅެނިކޮށްނެވެ.
ފައިސާތައް ފޭރިގަނެފައިވަނީ އޭނާގެ މޫނަށް ޕެޕަ ސްޕްރޭ ކަހަލަ އެއްޗެއް ޖެހުމަށްފަހު ބޮލުގައި މަރުތޭލަކުން ޖަހާ ބޯ ފަޅާލުމަށްފަހުއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައާއި ބެހޭ ގޮތުން އަދި ފުލުހުންގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ