ކުރިއަށް އޮތް ފީފާ ވޯލްޑް 2018 ކަޕުގެ ރަސްމީ އެންތަމްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ "ކަލާސް" ލަވަ ރިލީޒްކޮށްފިއެވެ.
ކަލާސްގެ ނަމުން ނަން ދެވިފައިވާ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޭސަން ޑެރޯލޯ އެވެ. މިލަވަ އާއްމުންނަށް ރިލީޒްކޮށްފައިވަނީ ރޭގައި ބޭއްވި ލައިވް ޝޯވްއްގެ ތެރެއިންނެވެ.
ކޮކާލާއިން ސްޕޮންސާކޮށްފައިވާ ވޯލްޑް ކަޕުގެ ލަވަ ޔިއުޓިއުބުގައި އާއްމު ކުރުމާއެކު މިހާތަނަށް 3 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ލަވަ ޔިއުޓިއުބު މެދުވެރިކޮށް އަޑުއަހާފައެވެ.
މިއަހަރުގެ ވޯލްޑް ކަޕު ފެށުމަށް ވަގުތު ކުޑަތަން ވަމުންދާއިރު މުބާރާތާއި ގުޅިގެން އެކި ހަރަކާތްތައް ދަނީ ފަށަމުންނެވެ. އެގޮތުން ދާދިފަހުން މުބާރާތުގެ ރަސްމީ ސްޓިކާ ފޮތް ވެސް ވަނީ ބާޒާރަށް ނެރެފައެވެ.
ވޯލްޑް ކަޕް 2018 ގެ ރަސްމީ ލަވަ ރިލީޒްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ