މެމްބަރު ޤައުމުތައް ސިޔާސީގޮތުން ހަލަބޮލިވުމުގެ އަސަރު ސާކަށް: ސަލީމް

ސާކްގެ މެމްބަރު ޤައުމުތައް ސިޔާސީގޮތުން ހަލަބޮލިވެ،ގިނަ ޤައުމުތަކަށް ސާކްގެ ކަންތައްތަކަށް އެހާ އަހައްމިއްޔަތުކަން ނުދެވުމުގެ ސަބަބުން ސާކްގެ ނިޒާމަށް އެކަމުގެ އަސަރު ކުރަމުންދާކަމަށް ސާކްގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގެންނެވުމުގެ ކުރިން އެމް.ބީ.ސީ ނިއުސްއަށް ދެއްވި ބަސްދީ ގަތުމެއްގައި ސާކްގެ ސެކްރެޓަރީ  ޖެނެރަލް އަހްމަދު ސަލީމް ވިދާޅުވީ ،ސާކްގެ ބައެއް ޤައުމުތަކުގައި ސިޔާސީ ހަލަބޮލިކަން އޮންނަ އިރު އަނެއް ބައި ޤައުމުތަކުގައި އިންތިޚާބްތަކާއި އެހެނިހެން ސިޔާސީ މައި ޙަރަކާތްތައް ކުރިއަށް ދިއުމުގެ ސަބަބުން ސާކަށް ދޭންވާ އަހައްމިއްޔަތުކަން ނުދެވޭ ކަމަށެވެ.
އަދި ރާއްޖެއަކީ ސާކްގެ މިހާރުގެ  ރިޔާސަތު ކަމުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ،ސާކްގެ ކަންތައްތަކަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސް ކުރައްވާފައިވާނޭކަމަށް ސަލީމް ވިދާޅުވިއެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޤައުމުތަކުގެ މަސްއޫލުވެރިންނަށް ސާކްއަށް ވަގުތު ނުދެވުމުގެ ސަބަބުން ސާކްގެ ސިޔާސަތު ކަނޑައަޅާ ފެންވަރުގެ ބައްދަލުވުންތަކެއް 17 ވަނަ ސާކް ސަމިޓަށް ފަހު ބޭއްވިފައި ނުވާކަމަށެވެ.
އަދި ކަލަންޑަރު ކުރެވިފައި ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދެވުނުނަމަވެސް މަތީ ފެންވަރުގެ ބައްދަލުވުންތަށް ނުބޭއްވޭތީ އެކަމާއި ކަންބޮޑު ވާކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއިން ވަނީ މިހާތަނަށް ފަސް ފަހަރެއްގެ މަތިން ސާކްގެ ކައުންސިލް އޮފް މިނިސްޓާސް ބާއްވާނޭ ތާރީޚެއް އިއްލާންކޮށްފައެވެ.
އެންމެ ފަހުން އިއްލާން ކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ.
އެފަހަރު ނުބޭއްވުނީ ހަމަ އެކަނި ނޭޕާލްއަށް ވަގުތު ނުދެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ