ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.
ޑީޖޭއޭ އިން ވިދާޅުވީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށް ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށް ޑީޖޭއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ މަސައްކަތްތައް ފަނޑިޔާރުންގެ މަޖިލީހުގެ ލަފާފުޅާއި އެއްގޮތައް ކުރިއަށްދާ ކަމަށް ޑީޖޭއޭ އިން ވިދާޅުވިއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ރޭ ހައްޔަރުކޮށްފައެވެ.
އެހެންކަމުން މިހާރު އެކޯޓުގައި ތިއްބަވާނީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީއެވެ.
(ތަފްސީލް އަންނަނީ)
ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށް އެބަދޭ – ޑީޖޭއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ