ރާއްޖޭގައި ތިބި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ސަމާލުވުމަށް އެގައުމު ތަކުން ގޮވާލައިފިއެވެ.
ސްރީލަންކާގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ހަމަ ނުޖެހުން އިތުރުވެދާނެތީ، ރާއްޖޭގައި އުޅޭ އެމެރިކާ އަދި އިނގިރޭސި ވިދާލާތުން ރައްޔިތުން ސަމާލުވުމަށެވެ. އަދި އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ތިބުމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަމަލުކުރަން އަންގާ ގޮތަށް އަމަލު ކުރުމަށްވެސް އެމްބަސީން ގޮވާލާފައި ވެއެވެ.
އަދި މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މަސްރަހު އިތުރަށް ހޫނުވެ ހަމަނުޖެހުން އިތުރުވެދާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިހާރު އުޅޭ އެމެރިކާގެ ރައްޔިތުން އެކަންކަމަށް ސަމާލުވެ ހަމަނުޖެހުން ހިނގާ ތަންތަނަށް ނުދިއުމަށް ބަޔާނުގައި ވެއެވެ.
"އެއްވުންތަކަކީ ސުލްހަވެރި އެއްވުންތަކެއް ނަމަވެސް އެއްވުންތައް ހަލަބޮލިވުން އެކަށީގެންވޭ، އެހެން ކަމުން އެކަހަލަ އެއްވުންތައް އޮންނަ ސަރަހައްދު ތަކަށް ނުދިއުމަށް ގޮވާލަން،" އެމެރިކާ އެމްބަސީން ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އުފާފާޅު ކުރުމުގެ ގޮތުން ބޭއްވި އެއްވުމުގައި ފުލުހުންނާއި ބައިވެރިންގެ ދެމެދު ވަނީ ކުރިމަތިލުމެއް ހިނގާފަ އެވެ. އަދި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުން ކޮށް އެއްވުން ރޫޅާލާފަ އެވެ.
ރާއްޖޭގައި ތިބި އެމެރިކާ އަދި އިނގިރޭސި ވިދާލާތުން ރައްޔިތުން ސަމާލުވުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ