ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެމްބަރަކު އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅުއްވައިފިއެވެ.
ސްޕްރީމް ކޯޓަށް މައްސަލަ ހުށައެޅުއްވީ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދެވެ.
ތިން މެމްބަރުންވެސް ހުށައަޅުއްވާފައިވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުމަށެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލައިގެ ލިއުންތައް ހޯދަން އެދުމުން އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު ނުދިންކަމަށް ކުރިން އެ މެމްބަރުންވަނީ ވިދާޅުވެފައެވެ.
އެ ތިން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އިއުލާން ކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އެނގުމާއި ގުޅިގެން މަޖިލީހުން އެ މެންބަރުންނަށް ދެމުން ދިޔަ އިނާޔަތްތަކާއި އިމްތިޔާޒުތައް ވެސް ވަނީ ހުއްޓާލާފައެވެ.
މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީގުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި އިތުރު މެމްބަރުން ތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.
އަބްދުﷲ، އިލްހާމް، ސިނާން ސްޕްރީމް ކޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ