ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ގާސިމްއާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ މަންދޫބެއްގެ ގޮތުގައި ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާއި ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓަރ އަޒްލީން އަހްމަދުގެ އިތުރުން ދިވެހި ރާއްޖެއިން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފްވެސް ވަނީ އައިޖީއެމްއެޗަށް ވަޑައިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ބައްލަވާލައްވާފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ މައްޗަށް ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އިއްވާފައެވެ. ގާސިމްގެ ބަލިހާލު ކޮޅާއި ގުޅިގެން ޗެނަލް ތާޓީންއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ ގާސިމަކީ ކަރެޝަނަލްސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގައިދީއެއްކަމުން އެބޭފުޅާގެ ބަލިހާލަތަށް ރިއާޔަތްކޮށް ކަރެޝަނަލް ސާވިސްގެ ޕްރޮސީޖާގެ ތެރެއިން ގާސިމްގެ ބޭސްފަރުވާ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވާކަމަށެވެ. އަދި އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ހަމަޖެއްސުމުގައި ވަގުތު ނަގާނަމަ އެކަންކަން ހަމަޖެހެންދެން ގާސިމްގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ގެންދެވުމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ނުވަތަ ސްޕެޝަލިސްޓުން ގެންނަން ގާސިމް ބޭނުންފުޅުވާނަމަ އެ ފުރުސަތު ދިނުމަށް ދަންނަވާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ