ގަވަރުނަރު ކަމަށް ނީޒާ އައްޔަންކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެކަމަނާގެ ނަންފުޅު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި

މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަންކުރެއްވުމަށް  ރައީސް އަބްދުﷲ ޔާމީން އެކަމަނާގެ ނަންފުޅު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މާގަމަށް އެ ބޭންކްގެ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ނީޒާ އިމާދު ހަމަޖެއްސެވުމަށް ރައީސް އަބްދުﷲ ޔާމީން އެކަމަނާގެ ނަންފުޅު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާފައި މިވަނީ އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި ޑރ. އަޒީމާ އާދަމް އެ ގަމާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މާގަމަށް ހ.ލަކްސިން، ނީޒާ އިމާދު ހަމަޖެއްސެވުމަށް މަޖިލީހަށް ނަން ފޮނުވާފައިވާ އިރު ނީޒާ މިހާރު ބަލަހައްޓަވަމުން ގެންދަވަނީ އެމްއެމްއޭގެ ފައިނޭންޝަލް ސްޓެބިލިޓީ ސެކްޝަންއެވެ. ނީޒާ އިމާދު އަކީ އެމްއެމްއޭގެ އެކި މަގާމުތަކުގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ ވާ ކަބަލެކެވެ. އެކަމަނާ ރަސްމީކޮށް އެ މަގާމަށް އައްޔަން ކުރެވޭނީ، މަޖިލީހުން ރުހުން ދިނުމުނެވެ. އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމް އެ ގަމާމުން އިސްތިއުފާ ދެއްވީ، އެކަމަނާގެ ފިރިކަލުން އަލީ ނަސީރު އދ. އަށާއި އެމެރިކާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަންކުރުމާއި ގުޅިގެން ދިރިއުޅުއްވުން ރާއްޖެއިން ބޭރަށް ބަދަލު ކުރާތީ ފިރިކަލުންނާ އެކު ބޭރަށް ވަޑައިގަތުމަށް ކަމަށް އެމްއެމްއޭގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން އަޒީމާ އާދަމް ވިދާޅުވިއެވެ. އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އަޒީމާ ހަމަޖެއްސީ އޭރު ގަވަރުނަރަކަށް ހުންނެވި ފަޒީލް ނަޖީބު 31 ޑިސެމްބަރު 2013 ގައި މަގާމުން އިސްތިއުފާ ދެއްވުމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ