އަމުރަށް ނުކިޔަމަންތެރިވުމުގެކުށުގެ ދައުވާއަށް އުމަރު އިންކާރު ކުރައްވައިފި


ހޯމް މިނިސްޓަރުގެ މަޤާމުގައި މިހާރު ހުންނެވި އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއަށް އެނާ އިންކާރު ކުރައްވައިފިއެވެ.
 
ދައުލަތުން އުމަރު ނަސީރާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 23 ޖެނުއަރީ ދެހާސް ބާރަވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރިޔަށް އެއްވެ މުޒާހަރާ ކުރަމުންދިޔަ މީހުންނާއި މުހާތަބްކޮށް މުޒާހަރާ ކުރުމުގެ ބަދަލުގައި މުޒާހަރާގެ ހަރަކާތަކަށް ބަދަލުކޮށްލުމަށް އުމަރު ގޮވާލާފައިވާކަމަށެވެ. މިގޮތުން އެކަން ހަރަކާތައް ބަދަލުކޮށްލުމުން އެ ހަރަކާތް ރައީސް އޮފީހުގެ ކައިރީގަޔާއި ރައީސް އޮފީހަށް ބޭރުގެ ޑިޕޮލޮމެޓެއް އަންނަ ގަޑީގަޔާއި އދގެ މަންދޫބަކު އެއަރޕޯރޓަށް ފައިބާ ގަޑީގަޔާއި އދ އޮފީސްކައިރީގަޔާއި އެމްއެންބީސީ ކައިރީގައި ކުއްލި ކުއްލިއަށް ހިގާނެކަމަށް އުމަރު ބުނެފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.
 
އަދި އެގޮތަށް ކަންތައްތައްކޮށް ދިވެހި ސިފައިނަށް ދަތިކުރުމަށާއި އެ ހަރާކާތަށް ބޭނުންވަނީ ދެހާސް ވޮލަންޓީއަރުންކަމަށާއި މި ދެހާސް މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގާ ދިވެހި ސިފައިން އެކަމުގެ ސަބަބުން ވަރުބަލިކުރުމަށްފަހު ބާރަ ފޫޓްގެ ފަންސާސް ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައިމަރުކަޒު ތެރެއަށް އެއްފަހަރާ ވަންނާނީކަން ދެހާވާގޮތަށް ބުނެ ދިވެހި ރާއްޖޭގެ އަމަން އަމާންއާމަށް ގެއްލުމެއް ލިބިދާނެ ވާހަކަ އުމަރު ނަސީރު ދައްކާފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.
 
 
މި މައްސަލާ ގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާއަށް އުމަރު އިންކާރުކޮށް މައްސަލައިގެ ލިޔެކިޔުންތައް ހޯދުމަށްފަހު ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދުމުން ކޯޓުން މިއަދުގެ އަޑުއެހުން ނިންމާލީ އެފުރުސަތު އެނާއަށް ދިނުމަށްފަހުއެވެ. އުމަރު ނަސީރާއި ދެކޮޅަށް ދައުލަތުން ދައުވާ ކުރި މައްސަލައިގެ ޝާރީއަތް އަޑުއެހުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ކޯޓަށް ހާޒިރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ