ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މުސްތަފާ ޕުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފި

28 ޖުލައި 2017 ވަނަ ދުވަހު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި މިރޭ ފުލުސް އޮފީހަށް ހާޒިރު ވުމަށް މުސްތަފާއަށް އަންގާފިއެވެ.
މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެޓީވީގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުވުމަށް ޗިޓް ލިބިފައިވާ ކަމަށާއި އެ މައްސަލާގައި ބަޔާންވެސް ދެއްވާ ނިންމާފައިވާ ކަމަށާއި އެއަށްފަހު ވެސް ފުލުހަށް ހާޒިރުކުރަނީ ކީއްކުރަންތޯ މުސްތަފާ ވަނީ ސުވާލު އުފައްދަވާފައެވެ
މުސްތަފާގެ މައްޗަށް ތުހުމަތުކުރާ އެ ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލައި ރާއްޖެ ޓީވީ ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ