އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އެމީހުންގެ އަތުގައި ހުރި ފައިސާ: ރައީސް ޔާމީން
ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމުގެ އަޑީގައި ތިބި އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އެ ބޭފުޅުންގެ އަތުގައި ހުރި ފައިސާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. "ސަލާމަތީ ބާރުތަކާއި އެކު ރައްޔިތުން" މި ނަމުގައި ވެސްޓްޕާސް ސަރަހައްދުގައި ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަޣާވާތުގެ ފުން މިން ނޭނގޭ ކަމަށް މީގެ ކުރިން ވިދާޅުވި ނަމަވެސް މިހާރު އޭގެ ފުންމިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެވާހަކައަކީ އެންމެނަށް ވެސް އެނގޭ ވާހަކައެއް ކަމަށް ވުމުން ދައްކަން ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޭފުޅުންނަށް އެހީތެރިވެފައިވަނީ ރާއްޖެއިން ބޭރުގައި ފިލާ ތިބި ބައެއްކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ފިލައިތިއްބެވި އެބޭފުޅުންނަކީ 'ފިނޑި' ބައެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. "އެވަރުގެ ނުރައްކާތެރި ހާލަތަކަށް ދިވެހި ރާއްޖެ ހުށަހެޅި ބަޔަކީ ހަގީގަތުގައި ޣައްދާރުން. އެކަމަށް ވާގިވެރިވި މަގާމުތަކުގައި ތިބި މީހުންނަކީ ޣައްދާރުން. ސިޔާސީ ޕާޓީތަކުގެ ދެން ތިބި މީހުންނަކީ ދިވެއްސަކު އެއްޗެއް ބުނެފާނެތީ މިތާ ހުންނަން ނުކެރިގެން ފިލާ ތިބި މީހުން. އެހެންވީމަ އެ މީހުންގެ ނުހުންނާނެ އެވަރުގެ ހިތްވަރެއް. އެމީހުންގެ ހިތްވަރަކީ އެ މީހުންގެ އަތުގައި ހުރި ފައިސާ،" ރައީސް ވިދާޅުވިއެވެ. މިރޭގެ ޖަލްސާގައި ރައީސްގެ ދެކަނބަލުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހު ގައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓާލީ އިދިކޮޅު ފަރާތްތަކުންކަމަށް ތުހުމަތުކުރައްވައި ރައީސް ވިދާޅުވީ ޖެހިގެން އުޅޭ މައްސަލައަކީ އިންތިޚާބުގެ ކުރިން ކޮންމެވެސް ގޮތަކުން ވެރިކަން ބަދަލުކުރުމަށް ސިޔާސީ ބަޔަކު އުޅުނު މައްސަލަ ކަމަށެވެ. "ހަގީގަތުގައި ތި ހުއްބުލް ވަތަނުގެ ލޯބި އޮތްބައެއްތޯ މިހާރު އެބަ ޖެހޭ ބަލައިލަން. ޚިދުމަތުގެ މާޒީ އޮވެދާނެ އެކަމަކު އެއްވެސް ބަޔަކަށް ހުއްދައެއް ނޯންނާނެ، ހައްގެއް ނޯންނާނެ ދިވެހިރާއްޖެ މި ހުށަހެޅި ނުރާއްކާތެރި ފުރުސަތުތަކަށް ހުށަހެޅުމުގެ ހައްގެއް ނޯންނާނެ. އެއީ ހެދި ގޯސް،" ރައީސް ވިދާޅުވިއެވެ. އިތުރު ތަފްސީލް އަންނަނީ......
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ