ޖަލުގައި ހުންނެވި ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ބައްދަލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިއަދުވެސް މާފުށީ ޖަލަށް ވަޑައިގަންނަވައިފިއެވެ.
ޖަލަށް ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވިޓްގައި ރައީސް މައުމޫނު ވިދާޅުވީ އިސްލާހީ އެޖެންޑާއާއި އެކު ކުރިއަށް ވަޑައިގެންނެވުމަށް ފާރިސް ހުންނެވީ ސާބިތުކަމާއި އެކުގައި ކަމުގައެވެ.I visited MP @afarismaumoon at Maafushi prison today. He remains strong and committed to our political reform agenda.— Maumoon Abdul Gayoom (@maumoonagayoom) January 4, 2018ރައީސް މައުމޫނު މީގެ ކުރިންވެސްވަނީ ފާރިސްއާއި ބައްދަލު ކުރެއްވުމަށް ޖަލަށް ވަޑައިގަންނަވާފައެވެ.
ދިއްގަރު ދާއިރާގެ މެމްބަރުކަމުގެ މަޤާމުގައިވެސް ހުންނަވާ ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައެވެ.
ރައީސް މައުމޫނު މާފުށީ ޖަލަށް ވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ