އިދިކޮޅު ހަރަކާތުގައި އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ރޭ ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް މައުމޫން ވަނީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވި ކަމަށް މިއަދު ޓްވިޓަ މެދުވެރިކޮށް ވިދާޅު ވެސް ވެފައެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫން އަންނަ ހަފުތާ ރާއްޖެ ވަޑައިގަންނަވާނެއެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ހުންނެވީ ސިންގަޕޫރުގައެވެ. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ގާސިމް ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.
ރައީސް މައުމޫން ކުއްލި ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ފަރާތްތަކުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް އައިއިރު އެމްޑީޕީއާއި އަދާލަތުން ވަނީ އެކަން ރަސްމީކޮށް އެޕާޓީގެ ގުނަވަންތަކުން ނިންމާފައެވެ. ވަކި ގޮތެއް ނިންމާފައި ނުވަނީ ރައީސް މައުމޫނާއި ޖޭޕީއިންނެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ