ރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަ ކޮށްގެން ހުޅުވާލާފައިވާ ކަނބަލުންގެ ލޯނަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލޯން ލިބޭ ފަރާތްތަކަށް އަންނަ ޖޫން މަހު ފައިސާ ދޫކުރަން ފަށާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މި ލޯނަށް އެދި 400 އަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައި ވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން މިހާރު ކުރިއަށްދަނީ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމުގެ މަސައްކަތްކަމަށާއި، އެ މަސައްކަތުގެ ދަށުން މިހާރު ފަންސާސް އިންސައްތަ ނިންމާ ބީއެމްއެލްއާއި ހަވާލުކޮށްފައިވާކަމައްވެސް އެކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން ބުނީ މި ލޯން ސްކީމްގެ ޖުމުލަ އަދަދު ކަމަށްވާ 20،046،000 (ވިހި މިލިޔަން ސާޅީސް ހަ ހާސް) ރުފިޔާ ހަމަވަންދެން 50،000 (ފަންސާސް ހާސް ) ރުފިޔާއިން ފެށިގެން 100،000 (ސަތޭކާ ހާސް ) ރުފިޔާ އާއި ދެމެދު ލޯން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ކަނބަލުންނަށް ޚާއްސަކޮށްގެން ދޫކުރާ މި ލޯނަށް އެދޭއިރު (50،000) ފަންސާސް ހާސް ރުފިޔާއަށްވުރެ ދަށްނަމަ ރަހުނެއްގެ ގޮތުގައި އެއްޗެއް ބަހައްޓާކަށް ނުޖެހެއެވެ. (50،000) ފަންސާސް ހާސް ރުފިޔާއަށް ވުރެ މަތީ ލޯނަކަށް އެދޭނަމަ ލޯނަށް އެދޭ އަދަދުގެ ސަތޭކަ ތިރީސް އިންސައްތަ އަގުހުރި ރަހުނެއް ބަހައްޓަންޖެހެއެވެ.
މިގޮތަށް ބަހައްޓާ ރަހުނަކީ ބޭންކް އޮފް މޯލްޑިވްސް ޤަބޫލުކުރާ ރަހުނަކަށް ވާންޖެހޭނެކަމަށް އިކޮނަމިކް މިނިސްޓްރީން ވިދާޅުވާއިރު މި ލޯން ސްކީމްގައި އަމިއްލަ ފައިސާއިން ޚަރަދުކުރަންޖެހެނީ މުޅި ޕްރޮޖެކްޓްގެ ފަނަރަ އިންސައްތައެވެ. މި ގޮތުން މިހާތަނަށް ޕްރޮޖެކްޓަށް އަމިއްލަ ފައިސާ ޚަރަދުކޮށްފައިވާނަމަ އަމިއްލައަށް ކޮށްފައިވާ ޚަރަދުތަކުގެ ބިލުތައް އިކޮނަމިކް މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ.
މި ލޯނުގެ އިންޓަރަސް ރޭޓަކީ ނުވަ އިންސައްތަކަމަށާއި ގިނަވެގެން އަށް އަހަރުދުވަހުގެ ތެރޭގައި ލޯން ދައްކާ ހަލާސް ކުރަންޖެހޭނެކަމަށްވެސް އިކޮނަމިކް މިނިސްޓްރީން މަޢްލޫމާތު ދެއެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ދިވެހި ކަނބަލުން ބާރުވެރިކުރުމަށް ދަނީ އެ ކަނބަލުންނަށް ޚާއްޞަ ފަހި ފުރުޞަތުތަކެއް ހޯދައްވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކަނބަލުންގެ ލޯނަށް ޖޫން މަހު ފައިސާ ދޫކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ