16.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ޖޫން މަހު ދޫކޮށްފައިވޭ: އަމާނަތަކަފުލް

16.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ކަސްޓަމަރުންނަށް ޖޫން މަހު ދޫކޮށްފައިވާ ކަމަށް އަމާނަތަކަފުލް އިން ބުނެފިއެވެ.
އަމާނަތަކަފުލްގެ ކޮވިޑް-19 އިންޕެކްޓް އެސެސްމަންޓް ރިޕޯޓް ދައްކާ ގޮތުގައި އޭޕްރީލް އަދި މޭ މަހުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ފަރާތްތަކުގެ އަދަދު މަދެވެ. މި ދެމަހު ގެއްލުމުގެ ބަދަލަށް އެދިފައިވާ ފަރާތްތައް މަދުވެފައިވާ މައިގަނޑު ސަބަބެއް ކަމަށް އެ ކުންފުނިން ބުނެފައިވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ފުރަބަންދުގެ ސަބަބުން ކަމަށެވެ. އަދި މި މުއްދަތުގައި އިޤްތިޞާދީ ހަރަކާތްތައް ވެސް މަޑުޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޖޫން މަހުގެ ނިޔަލަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަސްޓަމަރުންނަށް 16.2 މިލިއަން ރުފިޔާ އެ ކުންފުނިން ދޫކޮށްފައިވާއިރު މީގެ ބޮޑުބައެއް ދޫކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ.
އަމާނަތަކަފުލްގެ ރިޕޯޓުގައި ވާގޮތުން ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް ވެސް އަސަރު ކޮށްފައިވެއެވެ. އެގޮތުން 2 ވަނަ ކުއާޓަރގައި އިންޝުއަރެންސްގެ ބައެއް ކްލާސްތަކުން ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ފަޔަރ އަދި މެޑިކަލް އިންޝުއަރެންސް އިން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ކޮވިޑާއާ ގުޅިގެން އެ ކުންފުނިން ވަނީ މިއަހަރަށް ކަނޑައެޅި ބަޖެޓް އަލުން މުރާޖައާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ