ލަންކާ އެއާޕޯޓު ހުޅުވާނީ އަންނަ އަހަރު ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

ސްރީލަންކާގެ އެއާޕޯޓް ހުޅުވާނީ އަންނަ އަހަރުގެ އެޕްރީލްގައި ކަމަށް ބުނާ ވާހަކަ އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ދޮގު ކުރައްވައިފި އެވެ.
ޑެއިލީ ނޫހުން އެގައުމުގެ ޓޫރިޒަމް މިނިސްޓްރީގެ ސްޕޯކްސްޕާސަން ޕްރަދީޕް އަނޫރާ ކުމާރާއި ހަވާލާދީ ބުނެފައިވަނީ އެއާޕޯޓް ހުޅުވޭނީ އަންނަ އަހަރުގެ އެޕްރީލްގައި ކަމަށް ފެތުރޭ އަޑަކީ ރަނގަޅު އަޑެއް ނޫން ކަމަށެވެ. ލަންކާގެ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވެން އެހާ ދިގު މުއްދަތެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް ހުޅުވޭނީ ކޮން ތާރީޚެއްގައި ކަމެއް ސަރުކާރުން ނުނިންމާ ކަމަށާއި ނަމަވެސް އެހާ ދިގު މުއްދަތެއް ނުނަގާނެ ކަމަށެވެ.
ކުމާރާއި ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަސްތަކުގައި އެއާޕޯޓް ހުޅުވިގެން ދާނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ލަންކާ އެއާޕޯޓް ބަންދުކޮށްފައިވަނީ މިދިޔަ މާޗް މަހުއެވެ. މިދިޔަ އޮގަސް މަހުގެ ތެރޭގައި އެއާޕޯޓް ހުޅުވަން ނިންމި އެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވުމާއި ގުޅިގެން އެނިންމުން ވަނީ ބާތިލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ