މޫސުން ގޯސްވި ނަމަވެސް ގެއްލުނު ޒުވާނާ ހޯދުން ކުރިއަށް

ރާއްޖެއަށް މިއަދު މޫސުން ގޯސްވި ނަމަވެސް، "ރަންތަރި" ދޯނިން ދަތުރުކުރި ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މާލެއިން ފުރައިގެން އދ.މަންދޫއަށް ދަތުރުކުރި އެ ދޯނިން ގެއްލިގެން ހޯދަމުން އަންނަނީ އދ.މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަވި ނަމަވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ "ކާނި" ލޯންޗުން ހުއްޓުމެއް ނެތި އެ ޒުވާނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
Adh.Mandhoo ah dhathurukuri "Ranthari" dhoanin gellunu zauvaanaa hoadhumah, mihaaru Raajje ah kuramundhaa gadha vissaaraigai kan'du gadhavi namaves MNDF MA CG Squadron ge "Kaani" Launch in huttumeh nethi kuramundhaa masakkathuge therein pic.twitter.com/JoU0kpXzH3
— Maldives National Defence Force (@MNDF_Official) July 19, 2020
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ މެންދަމު 02:10 ހާއިރު ކަމަށެވެ. އެގޮތުން ރަށުގެ ނެރުން ދޯނި ވަންއިރުވެސް މީނާ ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރިކުރިއިރު މީނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.
އޭނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ. މި މީހާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށާއި އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ