ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ މައްސަލައިގެ ހަވަނަ އަޑު އެހުމެއް މިއަދަށް ތާވަލުކޮށް 2:00 ޖަހާއިރު ޝަރީއަތުގެ މަޖިލީސް ފަށަން ތައްޔާރުވެފައިވާއިރު ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ޖަމާވެއްޖެ އެވެ.
ސުޕްރީމް ކޯޓް ސަރަހައްދަށް މީހުން ޖަމާވެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަނުން އިއުލާންކޮށްފައިވާ އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުން އެ އަމުރު ކުށްވެރިކޮށް ސުޕްރީމް ކޯޓުން މައްސަލަ ނިންމަންދެން ހުއްޓާ ނުލައި އިހުތިޖާޖު ކުރުމަށް ގޮވާލުމަށް ގުޅިގެނެވެ.
އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނެފައި ވަނީ ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރުން އެ ސަރަހައްދަށް ޖަމާވެފައިވާއިރު ސަލާމާތީ ބާރުތަކުން އެސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް މީހުން އެއްވުން ފިޔަވައި އިތުރު ކަމެއް ނުހިނގާ ކަމަށެވެ.
ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދަށް މީހުން ޖަމާވެފައިވާއިރު އެ ސަރަހައްދަށް މީހުން ޖަމާވުމަށް އެދި އެމްޑީޕީން ގެންދަނީ މާލެ ތެރޭގައި އަޑުގަދަ ކުރާ މެދުވެރިކޮށް ގޮވަމުންނެވެ. އެމްޑީޕީން ވަނީ ސުޕްރީމް ކޯޓާ ދެކޮޅަށް ރޭވެސް މާލޭގައި މުޒާހަރާ ކޮށްފަ އެވެ.
ހަވަނަ އަޑުއެހުމާއެކު ސުޕްރީމް ކޯޓް ކައިރިއަށް މީހުން ޖަމާވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ