ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގަ އެވެ.
މިހާރު ކުރިއަށްދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އަބްދުﷲ އަބްދުއްރަހީމް އިންތިހާބުވީ ޑީއާރުޕީގެ ޓިކެޓްގައެވެ. އޭނާ ޑީއާރުޕީން ދޫކޮށް އެމްޑީޕީއަށް މީގެ ކުރިން ސޮއިކުރެއްވުމަށްފަހު އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ޑީއާރުޕީއާ ގުޅިވަޑައިގެންނެވި އެވެ. އަދި އެއަށްފަހު މިއަދު އެމްޑީޕީއަށް ސޮއިކުރެއްވީ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އަބްދުﷲ އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެން ދުވަހަކުވެސް އިތުރު ސިޔާސީ ޕާޓީއަކަށް ސޮއިނުކުރައްވާނެ ކަމަށާއި، ޑިމޮކްރަސީގެ އަސާސް ކަމުގައިވާ ރައްޔިތުންގެ ވޯޓް ހޯދައިދެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށެވެ.
އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 34 އަށް އިތުރުވެފަ އެވެ.
އަބްދުﷲ އަބްދުއްރަހީމް އަނެއްކާވެސް އެމްޑީޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ