ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ދެ ފުށް ފެންނަ އިންތިހާބަކަށް ވެއްޖެނަމަ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ޕީޕީއެމުން އެ ނަތީޖާއެއް ގަބޫލު ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ސުލްހަވެރި އަމާން އޮމާން އިންތިހާބަކަށް ހަދަން ގޮވާލައްވައި ނެރުއްވި ބަޔާނެއްގައި ޕީޕީއެމްގެ ވެސް ރައީސް ވިދާޅުވީ
އެމަނިކުފާނު އެދި ވަޑައިގަންނަވަނީ ހުރިހާ ޕާޓީތަކުންނާއި ހުރިހާ ކެންޑިޑޭޓުންނާއި ހަތަރު ކެންޑިޑޭޓުންނަށް ތާއީދު ކުރާ މީހުނާއި މުއްސަސާތަކާއި ރައްޔިތުން ރިޔާސީ އިންތިހާބަކީ ސުލްހެވެރި ވަރަށް އަމާން އިންތިހާބެއް ކަމަށް ހެދުމަށް ކަމަށެވެ.
"މި އިންތިހާބަކީ ދެފުށް ފެންނަ އިންތިހާބަކަށް ވެއްޖެނަމަ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމަށްވީ ނަމަވެސް ޕީޕީއެމުން އެ ނާތީޖާ ގަބޫލު ކުރާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާމެދު ރައްޔިންގެ އިތުބާރު އުފައްދާ މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އިންތިހާބާ ގުޅުންހުރި މުއްސަސާތަކުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ ހިތްކުގައި ސުވާލު ނޫފެދޭ ވަރަށް އެކަން ކަށވަރުވާން ޖެހޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ދެފުށް ފެންނަ އިންތިހާބެއްނަމަ ކޮންމެ ނަތީޖާއެއް ވެސް ޕީޕީއެމް ގަބޫލު ކުރާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ