ހަވީރު ޔޫރޯގައިޑް ނެރުން ހުކުރު ދުވަހު
         ޔޫކްރޭނާއި ޕޮލެންޑުގައި އަންނަ މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޚާއްސަކޮށްގެން "ހަވީރު"ން ތައްޔާރުކުރި "ހަވީރު ޔޫރޯ ގައިޑް" އަންނަ ހުކުރު ދުވަހު ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ. ޖޫން 8 އިން ޖުލައި 1 އަށް އޮންނަ ޔޫރަޕުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތާ ބެހޭ އެތައް މައުލޫމާތަކާއި ފޮޓޯތައް ހިމެނޭ ފޮތް ރަސްމީކޮށް ނެރުމަށް ހަމަޖައްސާފައި ވަނީ، މޫސުން ތަންދޭ ނަމަ، ހުކުރު ދުވަހު ހަވީރު ރާޅުގަނޑު ސަރަހައްދުގަ އެވެ. ސަތޭކަ ވިހި ސަފުހާ ހިމެނޭ މި ފޮތުގައި ޔޫރޯގައި ވާދަކުރާ 16 ޓީމާ ބެހޭ ފުރިހަމަ މައުލޫމާތާއި މުބާރާތުގެ ތާރީޚު އަދި މުބާރާތުގައި ވިދާލާނެ ކަމަށް ބެލެވޭ ތަރިންގެ ޕްރޮފައިލް ވަނީ ހިމަނައިފަ އެވެ. 
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ