އުމަރު މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅައިފި

ޕީޕީއެމްގެ ޕްރައިމަރީ ބާތިލުކޮށް ދިނުމަށް އެދި ޕްރައިމަރީގައި ވާދަ ކުރެއްވި އުމަރު ނަސީރު ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ.
އުމަރު އެދިވަޑައިގެންފައިވަނީ ޕްރައިމަރީއާއި ގުޅިގެން ޕާޓީގެ ތެރޭގައި ކުރިއަށްދާ ކަންތައްތަކާއި ޕްރައިމަރީއާއި ގުޅިގެން އުމަރަށް ތައިދު ކުރާ ފަރާތްތަކާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ގޮތަށް އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ކޯޓުން މިއަދު ނިންމީ އަމުރު ނެރެދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޕީޕީއެމުންވަނީ ދައުވާއަށް ޖަވާބުދާރީވެފައެވެ.
އުމަރު ދައުވާ ކުރައްވާފައިވަނީ ޕީޕިއެމްގެ ޕްރައިމަރީގައި ޕާޓީގެ ދަފްތަރުގައި ނެތް ބަޔަކަށް ވޯޓުލުމުގެ ފުރުސަތުދީފައިވާ ކަމަށް ވިދާޅުވެފައެވެ. ދައުވާއަށް ޖަވާބުދާރީވަމުން ޕީޕީއެމްގެ ގާނޫނީ ވަކީލު އިބުރާހީމު ރިޒާ ވިދާޅުވީ ޕާޓީގެ ދަފްތަރުގައި ހިމެނިފައިނުވާ ބަޔަކު ވޯޓުލާފައިނުވާނެ ކަމަށެވެ. ރިޒާ ވިދާޅުވީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތުދީފައިވަނީ 28 ފެބްރުއަރީގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވީ މީހުންނަށް އެކަނި ކަމަށެވެ.
ޕްރައިމަރީ ބާތިލު ކުރުމަށް އުމަރު ދައުވާ އުފުއްލަވާފައިވަނީ އޭނާއަށް ތާއިދު ކުރާ ފަރާތަކުން ކުރި ދައުވާ ކޯޓުން ބޭރުކޮށްލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ